ރާއްޖޭގައި އުފެދުނު މަޝްހޫރު ލަވަކިޔުންތެރިޔާ ގދ.ތިނަދޫ މަރިޔަމް ދީދީ، ( މަރިން ދީދީ ) ނިޔާވެއްޖެއެވެ.

ގދ.ތިނަދޫ ސްޓާލިން މަރިޔަމް ދީދީ، ނިޔާވީ މިރޭގެ ވަގުތެއްގައި ގދ.ތިނަދޫގައެވެ. އޭނާ ނިޔާވިއިރު އުމުރަކީ 73 އަހަރުއެެވެ. ގދ.ތިނަދޫގައި ހުންނަ ޑރ.އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރިޔަމް ދީދީ ނިޔާވެފައިވާ ކަމަށެެވެ. މަރިޔަމް ދީދީ ކުރެވޭ ކަށު ނަމާދު އޮތީ މާދަމާ މެންދުރު ނަމާދަށްފަހު ތިނަދޫގައި ހުންނަ މަސްޖިދުލް ތަގުވާ މިސްކިތުގައެެވެ.

މަރިޔަމް ދީދީ އަކީ ލޯފަން މީހެކެެވެ. އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި "ފެން މީރުވި ރީތި ރަށޭމީ، ރޫޙު ވަނީ ތިނަދޫ ގައޭ" ހިމެނެއެވެ. މީގެ އިތުރުން ވެސް އޭނާ ކިޔާފައިވާ ލަވަތަކަށް ގިނަ ބަޔެެއްގެ މަގުބޫލް ކަން ވަނީ ލިބިފައެވެ.

މަރްޔަމް ދީދީއަށް 1982 ވަނަ އަހަރުގައި ސަރުކާރުން ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން