ޗައިނާއަށް އިޤްތިޞާދީ ގޮތުން ލިބެމުންދާ ކުރިއެރުމުން ރާއްޖެ ހިމެނޭހެން އެކި ޤައުމުތަކަށް އިތުރު ފުރުޞަތުތައް ލިބިގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ޗައިނާގެ 74 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ. ޗައިނާއާއި ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ޚާރިޖީ ގުޅުން ވަރުގަދަ އަދި ތަރައްގީގެ ދާއިރާތަކުގައި އެއްބާރުލުން ދެމުންގެންދާ ދެ ޤައުމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އަދި ޗައިނާއަކީ އަމިއްލަ ޤައުމަށް ކުރިއެރުން ލިބޭ ފަދައިން އެހެން ޤައުމުތަކަށްވެސް އިޤްތިޞާދީ ކުރިއެރުން ގެނެސް، ޚާރިޖީ ގުޅުން ބަދަހި ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ޤައުމެއް ކަމުގައި ސަފީރު ވިދާޅުވިއެވެ.



"ޗައިނާގެ އިގްތިޞާދު ކުރިއަރައި ތަރައްގީވުން ވެގެންދާނީ އިތުރު ފުރުސަތުތައް ހުރިހާ ގައުމަކަށް ރާއްޖެ ހިމެނޭހެން ފަހިވާނެ ކަމަކަށް." ޗައިނާ ސަފީރު ވިދާޅުވިއެވެ.

މި ހަފުލާގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފްގެ އިތުރަށް ދައުލަތުގެ ބައެއް އިސްވެރިންނާއި ވަޒީރުންވެސް ބައިވެރިވެވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން