‏މުދައްރިސުން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލާއެކު ވަންގަވް އިން މުދައްރިސުން ރަޖިސްޓްރީ ކުރުމާއި، ލައިސަންސް ހުށެއެޅޭނެ ގޮތް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

މި ޕޯޓަލް އިފްތިތާހް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަދައްކަވަމުން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވީ މީގެ ދެއަހަރު ކުރިން ތައުލީމީ ޤާނޫނަށް އަމަލު ކުރަން ފެށުމާއި ގުޅިގެން ތައުލީމި ވުޒާރާގައި ވަނީ ޓީޗަރުން ރަޖިސްޓްރީ ކުރުމަށް 5 މެންބަރުންގެ ބޯޑެއް އެކުލަވާލައިފައި ކަމަށެވެ.

އެބޯޑާއެކު މިހާރު މުދައްރިސުން ރަޖިސްޓްރީ ކުރުމާއި، ލައިސަންސް ދޫކުރެވޭ ގޮތްވެސް ވަނީ ހަމަޖައްސާފައި ކަމަށާއި، އެ މަސައްކަތް ފަށައިގަތީ މިފެށުނު ދިރާސީ އާ އަހަރާއި އެކުގައިކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ނިޒާމް ތައާރަފްކުރުމުގެ ބޭނުމަކީ ތައުލީމީ ނިޒާމު ރަނގަޅުކޮށް، ޓީޒަރުންނާއި މެދުގައި ބެލެނިވެރިންނަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ކަމަށެވެ. ހަމައެއާއިއެކު މުދައްރިސުންނަކީ ތައުލީމީ ފެންވަރާއި ގާބިލިއްޔަތުކަން ހުރި ބޭފުޅުންނަށް ހެދުމަކީވެސް މި ނިޒާމު ތައާރަފްކުރުމުގެ އެއް މަޤްޞަދު ކަމުގައި މިިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ނިޒާމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ މުދައްރިސުންނަކީ ރަނގަޅު ނަމޫނާއެއްގެ ގޮތުގައި ބެލެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މުދައްރިސުން ނަންގަވާ ޒިންމާއަށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ ތައުލީމީ ނިޒާމަށް ބެލެނިވެރިންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން