ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓަށް އާ ގްރޫޕެއް އިތުރުކޮށް، ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު މިއަދު ބަދަލުކޮށްފިއެވެ.

ޓެރަރިސްޓް ޖަމާއަތަށް ސަރުކާރުން މިއަދު އިތުރުކޮށްފައިވަނީ އދ. ގެ ސެކިއުރިޓީ ކައުންސިލުން ވެސް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި 2020 ވަނަ އަހަރު ކަނޑައަޅާފައިވާ ޖަމާ އަންޝާރުއް ދައުލާ "ޖޭއޭޑީ" އެވެ. ސަރުކާރުން މިއަދު ވަނީ ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި ސީރިޔާގެ ހުރިހާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި ނިންމުން ދަމަހައްޓަން ނިންމާފައެވެ.

ޓެރަރިޒަމް މަނާކުރާ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތައް ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅުއްވައި އިއުލާންކުރަންޖެހެއެެވެ. އަދި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފައާއެކު، ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖައާކޮށް އާއްމުކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެއެވެ.

ޓެރަރިޒަމްގެ ގާނޫނުގައި ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެހީތެރިވުމަކީ ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ ކުށެއް ކަަމަށެވެ. އަދި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކަށް ސަރުކާރުގެ ހުއްދަ ނެތި ދިވެއްސަކު ދަތުރުކޮށްފި ނަމަ، އެއީ ޖަލު ހުކުމް އަންނަ ކުށެއް ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން