ރާޔާ ރިޟާ   10 އޮކްޓޯބަރު 2023 - 14:34
ފޮޓޯ: ދުވަސް
ފޮޓޯ: ދުވަސް
މިއަދު ހެނދުނު ހުޅުލޭގައި ދަތުރުކުރަމުންދަނިކޮށް އެމްއެންޑީއެފްގެ ކާރެއް ފުރޮޅާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުލެ އެމްއެންޑީއެފް މަރުކަޒަށް ދިޔަ ވެހިކަލެއް ކަހާލައިގެން ދިޔަ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 06:30 އެހާކަށްހާއިރުގައެވެ.

ކާރު ފުރޮޅުމުން ސީ ޕްލޭން ޓާމިނަލްސް އަދި އެމްއެންޑީއެފް ބޭސްއަށް ދާން އޮންނަ މަގުގައި ހުންނަ ފެންސްތަކަށް ގެއްލުން ލިބުނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން