އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ދެއްވި ޚާއްސަ މެސެޖެއްގައެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ޙައްޤެކެވެ. އަދި މި އަސާސީ ޙައްޤު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާއެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އެމަނިކުފާނުގެ ސަރުކާރުގައި މި މަގަށް ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމަށް ވިދާޅުވިއެވެ.



ރާއްޖެއަކީ ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ މީހުން ގިނަ ޤައުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން