ސުޕްރިމް ކޯޓްގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައާއި އެކިއެކި މުނާސަބަތުތަކުގައި ތުރުކުރައްވަން ގައުނެއް ނުވަތަ ހާއްސަ ހެދުންކޮޅެއް ތައާރަފްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުނީ މިހާތަނަށް އައިއިރު ޝަރުއީ ދާއިރާއާއި އެ ކޯޓު ރަމްޒުކޮށްދޭ ގައުނެއް ބޭނުންކޮށްފައި ނުވާކަމަށެވެ. އަދި މިއަދު ތައާރަފްކުރި ގައުނަކީ ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ގައުނެއްކަމަށް އެ ކޯޓުން ބުނެއެވެ.



ސުޕްރީމް ކޯޓުން ވަނީ އުއްތަމަ ފަނޑިޔާރަށް ހާއްސަ ގައުނަކާއި ސުޕްރިމް ކޯޓްގެ ފަނޑިޔާރުންނަށް ހާއްސަ ގައުނެއް ތަޢާރަފްކޮށްފައެވެ.

މި ގައުންތައް ފަރުމާކުރެވިފައި ވަނީ ދިވެހި ތާރީހާއި އިސްލާމީވަންތަކަން އަދި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭގޮތަށެވެ. އެގޮތުން ގައުންގައި ހުރި ބައެއް ފަރުމާތަކަކީ ހުކުރު މިސްކިތުގެ ހިރިގަލުގައި ހުރި ފަރުމާތައް އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ޑިޒައިންތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޭެއެނގޭމީހާ

17-Oct-2023

ކޮންމެ ވައްތަރެއްގެ ކޯޓެއް ދެއްވިޔަސް އަދުލުއ ިންސާފު ޤާއިމްވަނީ ލާކޯޓަކުންނޫން.



ޓްރެންޑިން