އައު ސަރުކާރުގެ ސިޔާސީ މަޤާމްތައް 700 އަށްވުރެ ގިނަ ނުކުރަން އިންތިޚާބީ ރައީސް ނިންމަވާފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ސަރުކާރުގެ އިދާރާތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާ ދިިރިއުޅުއްވާ ގެކޮޅާއި އަދި ނައިބް ރައީސް ދިރިއުޅުއްވާ ގެކޮޅުގެ އިދާރީ މުވައްޒަފުން ވެސް ހިމަނައިގެން އާ ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރަށްވަން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.

އައު ސަރުކާރުން ކަނޑައެޅި ސިޔާސީ މަގާމުތަކުގެ އަދަދާއި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ހިމެނޭ ސިޔާސީ މަގާމުތަކުގެ އަދަދު އަޅާކިއުއްވަމުން، ފިރުޒުލް ވިދާޅުވީ ރައީސް ޞާލިޙުގެ ސަރުކާރުގައި ސިޔާސީ މަގާމްތަކުގެ އަދަދަކީ 1،063 ކަމަށެވެ.

"އަޅުގަނޑު މިއަދަދު ކޯޓު މިކުރަނީ ދިވެހި ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓަށް ރިއާޔަތްކޮށް. އަދި ހަމައެހެންމެ މިއަދަދަކީ ރައީސް ޔާމީން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކަމަށް މިއަދުގެ ސަރުކާރުގެ ކުރީގެ ތަރުޖަމާން ފާހަގަކުރައްވާފައިވާ 808، މިއަދަދަށް ވުރެވެސް މަދު އަދަދެއް ކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން،" ފިރުޒުލް ވިދާޅުވިއެވެ.

ސިޔާސީ މަޤާމުތައް ގިނަވެ ދައުލަތުގެ ބަޖެޓުން އެބޭފުޅުންގެ މައްޗަށް ކުރާ ހޭދަ އިތުރުވުމަކީ އަބަދުވެސް ދިމާވެފައިވާ މައްސަލައަކަށްވާތީ ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ނަޒާހާތްތެރި އަދި ގާބިލް ބޭފުޅުން ނޫން ބަޔަކު ސިޔާސީ މަޤާމުތަކަށް އައްޔަނު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން