އެ މަނިކުފާނުގެ ދައުރުގައި، މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެމުއައްސަސާތަކުގެ މުސްތަޤިއްލުކަން ކަށަވަރުކުރުމަށް މަސައްކަތްކުރަވާނެކަމަށް އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ އޮބްޒާވަރ މިޝަންގެ ވަފްދާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންތިޚާބުގެ ކަންކަން ބެއްލުވުމަށް އީޔޫއިން ދެއްވި ސަމާލުކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އޮބްޒާވަރ މިޝަންގެ މަސައްކަތްތަކުގެ ސަބަބުން، އިންތިޚާބުތަކާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާވެގެން ދިޔުމަށް އުއްމީދުކުރައްވާ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބުގެ ކަންކަމާއި އިންތިޤާލީ މަރުޙަލާގެ ކަންކަން އަމާންކަމާއި އޮމާންކަމާއިއެކު ކުރިޔަށްދާކަން ފާހަގަކުރައްވައި، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަންއިން، އެކަންކަމަށް މަރުޙަބާ ދެންނެވިއެވެ. އަދި ރިޔާސީ އިންތީޚާބާ ގުޅޭ ގޮތުން ތައްޔާރުކުރައްވާފައިވާ ރިޕޯޓު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން