ރައީސް އޮފީސް ނުހިމަނާ މި ސަރުކާރުގައި ތިބީ 719 ސިޔާސީ މުވައްޒަފުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހީމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަަންކަން ކުރައްވާ އިބްރޭ މިގޮތަށް ވިދާޅުވީ މިއަދު މެންދުރު ބޭއްވި އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ. އިންތިޤާލީ އޮފީހުން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ މި ސަރުކާރުގައި ޖުމްލަ 1063 ސިޔާސީ މަޤާމު ހިމެނޭ ކަމަށެވެ. އެއާއި ޚިލާފަށް އަލަށް އިންތިޚާބުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި 700 އަށްވުރެ ސިޔާސީ މަޤާމު އިތުރު ނުކުރާނެ ކަމަށެވެ.

އިންތިގާލީ ތަރުޖަމާނަށް ރައްދު ދެއްވަމުން އިބްރޭ ވިދާޅުވީ ރައީސް އޮފީހުގެ ހުރިހާ މަޤާމްތަކަކީވެސް ސިޔާސީ މަޤާމްތަކެއް ކަމަށެވެ. އަދި ރައީސް އޮފީސް ނުހިމަނާ މި ސަރުކާގައިވެސް ތިބީ 719 ސިޔާސީ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ މަޤާމުތައް ގިނަވެ ދައުލަތުގެ ބަޖެޓުން އެކަމަށް ކުރާ ހޭދަ އިތުރުވުމަކީ އަބަދުވެސް ދިމާވެފައިވާ މައްސަލައަކަށްވާތީ ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ނަޒާހާތްތެރި އަދި ގާބިލް ބޭފުޅުން ނޫން ބަޔަކު ސިޔާސީ މަޤާމުތަކަށް އައްޔަނު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން