އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަންކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޖުލައި 25، 2018 ގައި އީސީއަށް އައްޔަން ކުރި ނަޝާތުގެ ދައުރު ހަމަވީ މި އަހަރުގެ ޖުލައި 25ގައެވެ.

ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ މޭމަހުގެ 29،ގައެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވި 11 މެމްބަރުންގެ ތެރެއިން 8 މެމްބަރުންގެ އަގްލަބިއްޔަތުން ވަނީ ނަޝާތުއަށް އިތުރު ދައުރެއް ދޭން ފެންނަ ކަމަށް ނިންމާފައިއެވެ.

ކޮމިޓީގެ މި ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން ވޯޓަށް އަހަންޖެހޭނެއެވެ.

ކޮމިޓީން ނަޝާތުއަށް ރުހުން ދީފައި މިވަނީ އޭނާ އިތުރު ދައުރަކަށް އީސީއަށް އައްޔަން ކުރުމާ މެދު އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ހުޅުވާލުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން