މެލޭޝިއާގައި އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ.

އެޒުވާނާ މެލޭޝިއާގައި އުޅެމުންދިޔައީ ތަޢުލީމް ޙާސިލް ކުރުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގާފައި ވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައެވެ.

މިޙާދިސާގެ އިތުރު ތަފްސީލް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން