އަހުމަދު މަސްނޫމް   11 އޮކްޓޯބަރު 2023 - 1:4
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ ޓްރާންސިޝަން ކޮމިޓީގެ ފަރާތުން ހާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

ހާރިޖީ ވުޒާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޓްރާންސިޝަން ކޮމިޓީގެ ފަރާތުން އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން ސެކްރެޓަރީއަކަށް ހުންނެވި އަލީ ނަސީރުއެވެ.

ހާރިޖީ ވުޒާރާގެ ފަރާތުން އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.



މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޓްރާންސިޝަން ކޮމިޓީގެ މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ކޮމިޓީން ބޭނުންވާ މައުލޫމާތު ލިބިވަޑައިގެންނަވާނެކަމުގެ ޔަގީންކަން އަރުވާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ ކަންކަން ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮމިޓީތަކެއް އުފައްދާފައެވެ. އެ ކޮމިޓީތަކުން ދަނީ ސަރުކާރުގެ އެކި ވުޒާރާތަކާއި ބައްދަލުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން