ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ތެރެއިން އޭރިއާ އޭ ހިއްކުމުގެ މަސައްކަތް ހުކުރުދުވަހަށް ނިންމާލެވޭނެކަމަށް އެ މަސައްކަތް ކުރިއަށްގެންދާ އަރބަންކޯއިން ބުނެފިއެވެ.

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތި ދިނުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާއިން ފަޅުތެރެ ހިއްކަން ފެށީ ސެޕްޓެމްބަރުމަހުގެ ފަހު ހަފްތާގައެވެ.

އާރބަންކޯއިން މިއަދު ބުނީ ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު މިހާތަނަށް (އޭރިއާ އޭ ގެ) 70 އިންސައްތަ ހިއްކާ ނިމިފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހާ ހަމައަށް އެއްކޮށް ހިއްކާ ނިމޭނެ ކަމަށް ލަފާ ކުރެވޭކަމަށް އަރބަންކޯއިން ބުނެއެވެ.



ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ އެހެނިހެން ފިޔަވަހިތަކެކޭ އެއްފަދައިން ތިން ވަނަ ފިޔަވަހީގައި ވެސް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ހެން ގިނަ ހިދުމަތްތަކާއި އެންމެ ފަހުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެފައިވެއެވެ.

އާބަންކޯއިން ބުނި ގޮތުގައި އަލަށް އިތުރު ކުރެވޭ ބިމާއެކީގައި މަގުތަކާއި ބްރިޖުގެ އިތުރުން ހިތްގައިމު ޕާކްތައް ހަދައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ އެވެ. މިއީ ދިރިއުޅުމުގެ ވައްޓަފާޅި ބިނާ ކުރުމަށް ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން