ފަލަސްތީނަށް ނަސްރު އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ޔަހޫދީންގެ އަތްދަށުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޤުނޫތު ނާޒިލާ ކިޔުމަށް އަންގާފައެވެ.



އެގޮތުން، ހުރިހާ މިސްކިތެއްގައި، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔުމަށް މިނިސްޓްރީގެ ސާކިއުލާގައި އަންގާފައި ވެއެވެ.

ޤުނޫތު ނާޒިލާއަކީ ޤައުމަކަށް ބޮޑެތި ކާރިސާތައް ދިމާވާ ޙާލަތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިއުތިދާލުގައި ކުރާ ޚާއްސަ ދުޢާއެކެވެ.

ހޮނިހިރު ދުވަހުގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަށްފަހު، އިޒްރޭލުން ދަނީ ފަލަސްތީނުގެ ޢާންމުންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. މި ހަމަލާ ބަދަލުކުރުންތަކުގައި މިހާތަނަށް 970 އަށްވުރެ ގިނަ ފަލަސްތީން މީހުން ޝަހީދުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން