ސަރުކާރު ބަދަލު ވުމުގެ މަރުހަލާގައި ވެސް މިފެންނަނީ ސިޔާސީ ބޭނުމުގައި ކަންކަން ކުރަމުންދާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ބޭއްވި ރައްތިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ރައްޔިތުން ވަނީ ގޮތް ނިންމަވާ އައު ރައީސަކު އިންތިޚާބުކޮށްފައި ކަމަށެވެ. އެހެންކަމުން، އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާ ކަންތައްތަކަށް އިޚުތިރާމް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެން ނަަމަވެސް، ސަރުކާރު ބަދަލުވާން ކައިރިވެފައިވާ މި މަރުހަލާގައި މި ސަރުކާރުން ސިޔާސީ ބޭނުންތަކަށް ނިންމުންތައް ނިންމަވާތަން ފެނިވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން، ދައުލަތް ދަރާފައި އޮތް އިރުގައި އާމްދަނީ ނުލިބޭ ކުންފުނިތަކާއި ދަރަނިވެރި ވެފައިވާ ކުންފުނިތަކުން ލިބޭ އެއްޗަކާއި ނުބައްދަލު ވަޒީފާތަކާއި އަދި އެކުންފުނިތަކުގެ ނަމުގައި ނަގާ ލޯނުތަކާއި ދޭ ބަދަލުތަކުގެ އިތުރަށް ރައްޓެހި ރަހުމަތްތެރި ކުންފުނިތަކަށް ޕްރޮޖެކްޓް އެވޯޑު ކުރަމުން ދާ ތަން ފެނިވަޑައިގަންނަވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިކަންކަން މިހެން އެބަ ހިނގާ މިއީ ތަހުޒީބު އެއްވެސް ޑިމޮކްރަސީއެއްގައި ކަން ހިނގާނެ ގޮތެއް ނޫން." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، އިންތިޚާބީ ރައީސް 17 ނޮވެމްބަރުގައި ހުވާ ކުރެއްވުމަށްފަހުވެސް ކެބިނެޓަށް ރުހުން ދެއްވުމާއި، ސަފީރުންނަށް ރުހުން ދެއްވުމާއި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގައި މަޖިލީހުގެ އެއްބާރުލުން ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.



"ސްމޫތު ޓްރާސްސިޝަނަކަށް ދާން އެބަޖެހޭ. ރައްޔިތުން އެއޮތީ ގޮތެއް ނިންމާފަ ކުރިއަށް އޮތް ފަސް އަހަރަށް." ޝިޔާމް ވިދާޅުވިއެވެ.

އިިންތިޙާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކިބައިން 7 ކަމަކަށް އެދިވަޑައިގެންފައެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ސިޔާސީ މަޤާމުތަކަށް އައު ބޭފުޅުން އައްޔަންނުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން