މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީ 15.8 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މީރާއަށް ބަލައިގެންފައިވަނީ 1.18 ބިލިއަން ރުފިޔާގެ އާމްދަނީޢެކެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ބަލައިގަތް 1.4 ބިލިއަން ރުފިޔާގެ އާމްދަނީޢާ އަޅާބަލާއިރު 15.8 އިންސައްތައިގެ ދަށްވުމެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި ސެޕްޓެމްބަރުމަހު ބަލައިގަތް އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ދަށްވީ ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި ގުޅިގެން ބައެއް ޓެކްސްތައް ދައްކަންޖެހޭ ސުންގަޑިތައް މިމަހަށް ފާސްކުރުމުންނެވެ.



ސެޕްޓެމްބަރު 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީގެ ގޮތުގައި ބަލައިގެންފައިވާ 523.05 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 232.29 މިލިއަން ރުފިޔާއެވެ.

މީރާއަށް ބަލައިގެންފައިވާ އާމްދަނީތަކުގެ ތެރޭގައި ދެން ހިމެނެނީ އިންކަމް ޓެކުހުގެ ގޮތުގައި 136.80 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 71.19 މިލިއަން ރުފިޔާ، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 67.73 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 152.42 މިލިއަން ރުފިޔާ ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން