ސިނަމާލެ ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާއި ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރި ފަރާތްތަކަށް އެކަން އަންގައި މެސެޖް ފޮނުވަން ފަށަން ފުލުހުން ތައްޔާރުވެއްޖެއެވެ.

ފުލުހުން ބުނީ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވާއިދާ ޚިލާފަށް ލޭނު ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދެއްގެ ވެރި ފަރާތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވާނެ ކަމަށެވެ. އެގޮތުން، ހުއްދަކުރެވިފައިވާ މިންގަނޑަށް ވުރެ ބާރަށް ގަވާއިދާ ޚިލާފަށް ދުއްވާ އުޅަނދުތައް ދުއްވި ބާރުމިން އެނގޭގޮތަށް، އެ އުޅަނދުތައް ރެޖިސްޓާ ކޮށްފައިވާ ފޯނު ނަންބަރަށް މެސެޖެއް ފޮނުވާނެކަމަށްވެސް ފުލުހުން ބުނެއެވެ.



ބްރިޖުގައި ގަވާޢިދާއި ހިލާފުވާ މީހުންނަށް ފިޔަވަޅު އަޅަން ފަށަން ފުލުހުން ތައްޔާރުވެފައި މިވަނީ ބްރިޖާއި ހައިވޭގައި ގިނަ އެކްސިޑެންޓްތައް ހިނގަމުންދާތާ ދުވަސްތަކެއް ފަހުންނެވެ.

ސްޕީޑް ކެމެރާ ބޭނުންކުރަން ފެށިނަމަވެސް ޖޫރިމަނާކުރާނީ ކޮން އަދަދުތަކަކުން ކަމެއް ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން