ޕްރޮޖެކްޓްތަކަށް ރަށްރަށަށް ގެންގޮސްފައިވާ ސާމާނު ބާލަނީ އެމަނިިކުފާނު އަންގަވައިގެން ނޫންކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.

އިންތިހާބީ ރައީސް މިހެން ވިދާޅުވެފައި މިވަނީ އެ މަނިކުފާނު އަންގަވައިގެން ޕްރޮޖެކްޓްތައް ހުއްޓާލަން އަންގަމުންދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން ވެސް ދަންނަވާފައި ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ފަރާތުން އެއްވެސް ބޭފުޅަކުވެސް އެކަހަލަ އެންގުމެއް ނާންގާނެކަމަށްވެސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުންދާކަމާއި، އެކަން ކުރަނީ އެމަނިކުފާނު އަންގައިގެންކަމަށް ކަމަށް ބުނެ ދައްކަނީ ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށެވެ.



އެއްވެސް މަޝްރޫޢެއް ހުއްޓާލަން އިންތިހާބީ ރައީސްގެ ފަރާތުން އަންގާފައިނުވާކަމަށް ބުނާއިރު، އެ މަނިކުފާނުގެ ފަރާތުން ވަނީ ބައެއް ކަންކަން ސަރުކާރަށް ހުށަހަޅާފައެވެ. ނަމަވެސް އެކަންކަމުގެ ތެރޭގައިވެސް ހިނގަމުންދާ މަޝްރޫޢެއް ހުއްޓާލަން އަންގާފައެއް ނުވެއެވެ. ނަމަވެސް އައު އިންވެސްޓްމަންޓްތައް މަޑު ޖައްސާލަން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ކިޔުންތެރިއެއް

17-Oct-2023

މި އާޓިކަލް ކިޔާލީމަ ފެންނަނީ ހުސް ކުށް. ސުރުޚީވެސް. މުޢިއްޒު ނަންފުޅު ގެ ކުރީގަ ޑޮކްޓަރ. ހިޔާލު. ޚިޔާލު. ޙިޔާލު. ކޮބާތަ ރަގަޅު ގޮތް



ޓްރެންޑިން