ކުދި ޖަޒީރާ ޤައުމުތައް ހިމެނޭ އާކިޕެލޮޖިކް އައިލެންޑް ސްޓޭޓް، އޭއައިއެސް ފޯރަމްގެ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަހުމަދު ޚަލީލްއެވެ. މި ބައްދަލުވުމުގައި ޚަލީލް ވަނީ ރާއްޖޭގެ ފަރާތުން ތަޤްރީރުކުރައްވާފައެވެ.

ޚަލީލް ވިދާޅުވީ އާކިޕެލޮޖިކް އައިލެންޑް ސްޓޭޓް، އޭއައިއެސްއަކީ ފޯރަމްއެއްގެ ބަދަލުގައި ޗާޓަރުތަކެއްގެ މައްޗަށް އޮންނަ ޖަމުއިއްޔާއަކަށް ހަދަންޖެހޭކަމަށެވެ. އަދި އެއީ ޤައުމުތަކަށް އެކަމުގެ ސަަބަބުން ފައިދާތަކެއް ކުރާނެ ކަމެއްގެ ގޮތުގައި ޚަލީލް ފާހަގަކުރެއްވިއެވެ.

މި ފޯރަމްގެ މިފަހަރުގެ ޝިއާރަކީ "ފޮސްޓަރިންގ ކޮލާބޮރޭޝަން، އެނޭބަލިން އިނޮވޭޝަން. ފޮ އަވަރ އޯޝަން އެންޑް އަވަރ ފިއުޗަރ"އެވެ. ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އިންޑޮނޭޝިޔާގެ ބާލީގައެވެ.



އާކިޕެލޮޖިކް އައިލެންޑް ސްޓޭޓް، އޭއައިއެސްއަކީ 51 ޖަޒީރާ ޤައުމެއް އެއް ޕްލެޓްފޯމަކަށް ގެނެސްދޭ ފޯރަމެކެވެ. މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ޤައުމުތަކަށް ކުރިމަތިވެފައިވާ އެއްގޮތް މައްސަލަތަކާއި ގުޅޭގޮތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން