ޤައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ވެރިކަމުން ފައިބާ ފަރާތުން ހިންގާފައި ހުންނަ ޖަރީމާތައް ތަހުޤީޤްކުރަންޖެހޭކަމަށް ދަ ޑިމޮކްރެޓްސްގެ އިސް މެމްބަރެއްކަމަށްވާ، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓް، ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ހަމަ ނޭވާއެއް ލާ އާ ފެށުމަކުން ފަށަންކަމަށެވެ.

އަމްރު ވިދާޅުވީ ޤައުމަށް ހަމަޖެހުން ގެނައުމަށް އެންމެ މުހިއްމީ ނިމޭ ސަރުކާރުން ހިންގާފަހުރި ޚިޔާނާތާ، ވެފައިވާ އިހުމާލާ، ދީފައިވާ އަނިޔާތައް ދެނެގަނެ، ރައްޔިތުންނަށް ހާމަކުރުންކަމަށެވެ. އަދި އެކަންކަމަށް ކޯޓުތަކުން ހައްގުވާ އަދަބު އެ ފަރާތްތަކަށް ދެވެންޖެހޭކަމަށްވެސް އަމްރު ވިދާޅުވިއެވެ.



އަމްރު ވިދާޅުވީ ކުރީ ސަރުކާރުން ހިންގާފައިވާ ހުންނަ ޖަރީމާތައް ބެލުމަށްފަހު، އޭގެ ފަހުން ކުރީ ސަރުކާރޭ ނުކިޔުމަކީވެސް ޤައުމަށް ހަމަޖެހުން ގެނައުމަށް މުހިއްމުކަމެއްކަމަށެވެ.

ވެރިކަމުން ފައިބާ ފަރާތުން ހިންގާފައިވާ ޖަރީމާތައް ތަހުޤީޤްކުރުމަށް އަމްރު ގޮވާލިއިރު އިންތިހާބީ ރައީސް ވަނީ ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޤާނޫނާއި ގަވާއިދުތަކުގެ ތެެރެއިން މައްސަލަތައް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަލަމާރި

17-Oct-2023

އެސްޓީއޯ އޮތްގޮތެއް ބަލަންވީ ފުއްގުދަން ހަދާފަ. ކޮންމެ މީހަކު އަނގަ ހޭވެނިކޮންނިމުނީ ލަދު



ޓްރެންޑިން