ހަނިމާދޫ ދާއިރާގެ މެމްބަރު، އަބްދުލްޣަފޫރު މޫސާ އެމްޑީޕީން ވަކިވިކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރަށްވައިފިއެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެމްޑީޕީން ވަކިވެވަޑައިގެންފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފައެވެ. އަދި ބައެއް ސިޔާސީ ބޭފުޅުންވެސް ވަނީ ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައްކާފައެވެ. މިގޮތުން ޣަފޫރު އެމްޑީޕީން ވަކިވެ ޕީއެންސީއަށް ސޮއިކޮށްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ހަބަރު ފަތުރާފައެވެ.



ޣަފޫރު އެމްޑީޕީން ވަކިވެފައިވާކަމަށް ބުނެ ހަބަރުތައް ފެތުރިނަމަވެސް އޭނާ ވަނީ އެކަން ދޮގުކުރަށްވާފައެވެ.



"ރަސް" އޮންލައިންއަށް މައުލޫމާތު ދެއްވަމުން ޣަފޫރު ވަނީ އެމްޑީޕީން އޭނާ ވަކިވެވަޑައި ނުގަންނަވާކަމަށާއި، އަދި އެހެން ޕާޓީއަކާއި ގުޅިވަޑައިގެންނެވުމުގެ ވިސްނުމެއްވެސް ނެތްކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންވެސް ވަނީ ޣަފޫރު އެމްޑީޕީން ވަކިވެފައިވާކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން