މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހިމެނޭ، ށ. ފޭދޫ / ފުރެސްހާޓް، ހުސައިން އިޔާޒް އަހުމަދު ނަމަކަށް ކިޔާ މީހަކު، މުދާ ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަަގާފައިވާކަމަށެވެ.

އެހެންކަމުން މަކަރާއި ހީލަތުން، އެއްވެސް މީހެއްގެ އަތުން އޭނާ ފައިސާ ނަގާފައިވާނަމަ އެ މައުލޫމާތު ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން