ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއިލް ސިފައިން ހިންގާ ލާ އިންސާނީ އުދުވާނީ އަމަލުތަކަކީ ދުނިޔޭގެ ތާރިޚުގައި ހިންގާ އެންމެ ބޭ އިންސާފު އެއް އަމަލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަކަށް ފަހު އިޒްރޭލުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އެއަށް ފަހު، އިޒްރޭލު ސިފައިން އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާ ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ޝަހީދު ކޮށްލައިފައެވެ.

އިސްރާއިލުގެ ހަނގުރާމަ ވަރަށް ބޮޑަށް ވަރުގަސަކޮށް މަޝްރަޙު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަތިވެރީ ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވީ ފަލަސްތީނުން މިއަދު ފެނިގެންދަނީ ދުނިޔޭގައި އަދުލްވެރިކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަން ގާއިމް ނުކުރެވިއްޖެނަމަ ކަން ވަމުންދާ ގޮތުގެ ލާމަސީލު މިސާލެއް ކަމަށެވެ. އެގޮތުން މެދުއިރުމަތިން ފެނިގެންދަނީ އިންސާފާއި އަދުލްވެރިކަން ނެތުމުގެ ނަތީޖާ ކަމަށާއި މިއަދު އެކަން އަޑުއަހައި އިޒްރޭލްގެ އުދުވާނީ އަމަލުތައް ފެންނަ ބަޔަކު ނެތް ކަމަށް ޒަރީރު ވިދާޅުވިއެވެ.

"މިއަދު ފަލަސްތީނުގެ ރައްޔިތުން އުޅެމުން އެދާ ނިކަމެތި ހާލު އެމީހުންގެ ހައްގުތައް ހޯދުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތް އެވާ ޖިހާދު އަޅުގަނޑުމެން އެބަޖެހޭ ބަލައިގަންނަން، އިންސާފެއް ނެތުނު ހިނދުގައި އެބައިމީހުންގެ ބިންތަކުން އެބައިމީހުން ބޭރުކޮށް އެބައިމީހުން ބުރުވާލައި ނަގައި އެއްލާލައި ބިންތަކަށް އަތްގަދަކޮށް ދެމުން ގެންދާ އަނިޔާތަކަކީ މިއީ ދުނިޔޭގެ ތާރިޚުގައި ފެންނަ އެންމެ ބޭ އިންސާފުވެރި އެއްކަންތަށް،" ޒަރީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން