ހަށި ވިއްކުމުގެ ތުހުމަތުގައި މާލޭގެ ދިވެހިބޭސް ކްލިނިކެއްގެ ތެރެއިން 3 ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކްލިނިކްގައި ހަށިވިއްކާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމަތަކާއި ގުޅިގެން އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓްއާއި ސްޕެޝަލިސްޓް އޮޕަރޭޝަން އަދި އިންޓަލިޖަންސް ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި 3 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އެއީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއްގެ އިތުރުން 41 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ވިސްނާ

17-Oct-2023

މިއަދު ހައިއްޔަރު ކޮށްގެން ގެންދިޔަސް މާދަން ދޫކޮށްލާނެ ދެންފެނާނީ އަނެއްކާ އަނެއް ދުވަހުވެސް ތި ވިއްކާތަނެއް ވިއްކާ ވިޔަފާރި ކުރަން ނިކުމެ ތިއްބާ މިގައުމު އޮނުއޮރިޔާންކޮށް ނިމިއްޖެ ޖާހިލުކްން ބޮޑު ބިރުނުގަންނަ ބައިގަނޑަކާހުރެ


-2

ތިމަންނަ

17-Oct-2023

ތުއްތު ކުއްޖެއްގެ އަތަށް ވަޅި އެއް ދީފިނަމަ , އެ ވަޅިން އެކުއްޖާ ޒަޚަމް ވެދާނެކަން އެގެންވާނެ ....



ޓްރެންޑިން