ޕާކިސްތާނު އަންހެނަކު ރާއްޖެ އެތެރެކުރަން އުޅުނު 4.7 ކިލޯ ގްރާމްގެ ހެރޮއިން އަތުލައިގަނެފިއެވެ.

ކަސްޓަމުން ބުނީ ވައިގެ މަގުން ހުކުރު ދުވަހު ރާއްޖެ އައި އުމުރުން 20 އަހަރުގެ ޕާކިސްތާނުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޒާތުގެ އެއްޗެއް ފެނިގެން ޓެސްޓުކުރުމުން ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައި." ކަސްޓަމްސްއިން ބުނެއެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 5.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ޖަސްޓަމުން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މަސްތުވާތަކެއްޗާއި އެތަކެތި އެތެރެކުރަން މަސައްކަތް ކުރި އަންހެން މީހާ ފުުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން