ސިޔާސީ މަޤާމްތަކުގައި ތިބި ބަޔަކު ސިވިލް ސާވިސްއަށް ބަދަލުކުރަން އުޅޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތުކުރައްވައިފިއެވެ.

އިންތިޤާލީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ މިފަދަ ތުހުމަތެއް ސަރުކާރަށް ކުރެއްވި ނަމަވެސް ސިވިލް ސާވިސްގެ މަގާމު ތަކަކީ ވަކި އުސޫލަކުން އިޢުލާންކޮށްގެން ހަމަޖައްސާ މަގާމު ތަކެއްކަން ފާހަގަކޮށްލެވެއެވެ.

އަދުރޭ ވިދާޅުވީ ސިޔާސީ ވަޒީފާތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސިވިލް ސާވިސްއަށް ބަދަލުކުރައްވަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގަނެފައިވާ ކަމަށެވެ. އަދި މިކަން މިގޮތަށް ނުކުރެއްވުމަށް އޭނާ ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކިބައިން އެދިވަޑައިގަނެފައެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއަށް އެއްގޮތަކަށްވެސް މިކަން ނުކުރައްވާށޭ. މިއީ ކޮށްގެންވާނެ ކަމެއް ނޫނޭ. އެއީ ސިޔާސީ މަގާމުތަކުގައި މިއަދު ތިއްބަވާނީ މިއަދު މި އޮތް ސަރުކާރުގެ ސިޔާސީ ވިސްނުމަށް ތާއީދުކުރައްވާ ބޭފުޅުން. އެއާ ތަފާތު ވިސްނުމެއްގެ ބޭފުޅުން ސަރުކާރަށް ވަޑައިގަންނަވަނީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް، އެ ބޭފުޅުންނަށް މިހާރު އެތިއްބެވި މަޤާމުތަކުން ލިބިވަޑައިގަންނަވާ މުސާރައާ އެއްވަރުގެ މުސާރަ ލިބޭ މަގާމުތަކެއް އުފެއްދުމަށްފަހު ވަޒީފާ ބަދަލުކުރުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން