ކަރަންޓު ސަބްސިޑީއަށް މިއަހަރު ކުރާ ހަރަދު 1.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައިވާ ގޮތުން ހަކަތައިގެ ސަބްސިޑީއަށް މިއަހަރު ނިމޭއިރު ސަރުކާރުން 1.5 ބިލިއަން ރުފިޔާ ޚަރަދު ކުރާނެކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ދަޢުލަތުގެ ބަޖެޓުގައި ހަކަތައިގެ ސަބްސިޑީގެ ގޮތުގައި ފާސްކުރީ 593.9 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ ބަޖެޓު ކުރި ޢަދަދަށްވުރެ 925.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މާލީ ވުޒާރާއިން މީގެކުރިން ބުނެފައިވަނީ، ސަބްސިޑީ އެންމެ ހައްގުވާ މީހުން ދެނެގަނެ އެފަރާތްތަކަށް ސަބްސިޑީ ދިނުމުގެ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިދިޔަ އަހަރު ނިމުނުއިރު ކަރަންޓް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ވަނީ 855.9 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އަދި މި އަހަރަށް ސަރުކާރުން ސަބްސިޑީއަށް ޖުމްލަ ފާސްކުރީ 2.28 ބިލިއަން ރުފިޔާއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ބަޖެޓުގައިނެތް އެކިއެކި މަޝްރޫއުތަކަށް 73 މިލިއަން ރުފިޔާ ސަރުކާރުންވަނީ ޚަރަދު ކޮށްފައެވެ. ބަޖެޓުގައި ނެތް މަޝްރޫޢުތަކަށް ހަރަދު ކުރަން ޖެހެނީ އެކަށީގެންވާ ޕްލޭނެއް ނެތި މަސައްކަތްތައް ކުރުމުން ކަމަށް ފިސްކަލް ހިރާސްތަކުގެ ބަޔާނުގައިވެއެވެ.
އެގޮތުން ބަޖެޓުގެ ބޭރުން އާ މަޝްރޫއުތައް ފެށުމުގެ ސަބަބުން އެ މަޝްރޫއަކަށް ކުރަން ޖެހޭ ހަރަދާއި ކުރިން ރާވާފައިވާ ގޮތަށް ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން ދަތިވާކަން އެބާޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު