ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ އިމާރާތްކުރަން ފެށި 4000 ފްލެޓް ލިބޭ ފަރްތަކާއެކު އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ރިޔާސީ ދައުރު ނިމުމުގެ ކުރިން ނިމޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އިމާރާތްކުރާ މި 4000 ފްލެޓަކީ ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކެކެވެ. މި 4000 ފްލެޓްގެ އިތުރުންވެސް، ހުޅުމާލޭގައި 4000 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

ހައުސިންގ މިނިސްްޓްރީން ބުނީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެކަމަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 4000 ފްލެޓް ލިބޭނެ ފަރާތްތަކުގެ ލިސްޓް ވަރަށް އަވަހަށް ޔަޤީންވާނެކަމަށެވެ. އެގޮތުން އަންނަ މަހުގެ 17 ގެ ކުރިން އެ ފްލެޓްތައް ލިބޭ މީހުންނާއެކު ކޮންޓްރެކްޓްގައި ސޮއިކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ހައުސިންގ މިނިސްްޓްރީން ބުނީ ފްލެޓް ލިބޭ މީހުންނާއެކު އެއްބަސްވުން ހަދާނީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 13000 މީހުންނަށް ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް ހަވާލުކޮށްފައިވަނީ 8000 ފްލެޓްގެ މަސައްކަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން