ފޮޓޯ: ޕޮލިސް މީޑިއާ
ފޮޓޯ: ޕޮލިސް މީޑިއާ
ޓްރެފިކް ޖޫރިމަނާ މައާފުކުރާ ޕްރޮގްރާމްގައި ޖުމްލަ 850 މީހުން ބައިވެރިވެއްޖެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙު ވިދާޅުވީ މި ޕްރޮގްރާމަށް ލިބުނު ތަރުހީބު ބޮޑުކަމަށާއި ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާތަނަށް 850 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ހިންގާ މި ޕްރޮގްރާމް ހިންގާނީ އެވްރެޖްކޮށް ސެޝަނެއްގައި 65 މީހުން ބައިވެރިކޮށްގެން ކަމަށް ޢަލީ ޞާލިޙު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެމީހަކަށް ވެވުނު ވަޔޮލޭޝަނެއް ފެންނަން ހުންނާނެ ކަމަށެވެ. ސިމްސް ޕޯޓަލް މެދުވެރިވެގެން މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެޕްލައި ކުރެވޭނެއެވެ.

"7 ދުވަހުގެ 20 ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަކޮށްލަން ޖެހޭނީ" ޢަލީ ޞާލިޙު ވިދާޅުވިއެވެ.

އޭނާ ވަނީ މި ލިބުނު ފުރުޞަތުގެ ބޭނުން ހިފައިގެން ޕްރޮގްރާމް ރަނގަޅަށް ފުރިހަމަކުރެއްވުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

މި މަހުގެ 25 ގެ ނިޔަލަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުތުސަތު ހުޅުވާލެވިފައިވާތީ ޢަލީ ޞާލިޙު ވަނީ އިތުރު ފަރާތްތަކުން މި ފުރުޞަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެންފައެވެ.



ޕްރޮގްރާމާއި ގުޅޭ އިތުރު ތަފްސީލުތައް މިނިސްޓްރީން ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށްވެސް ޢަލީ ޞާލިޙު ވިދާޅުވިއެވެ.

ޓްރެފިކް ގަވާއިދާ ޚިލާފުވުމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މައާފްކުރުމަށް އެދި ޢާންމުކޮށް ހުޅުވާލި މި ފުރުޞަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދެކެވެ. ނޮވެމްބަރު 2018 އިން ފެށިގެން ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހާއި ދޭތެރޭގައި ޓްރެފިކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދިނުމަށް ސިމްސް ޕޯޓަލް މެދުވެރިކޮށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން