ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އައްޔަންކޮށްފަޢިވާ ޓްރާންސިޝަން ކޮމިޓީން ފުލުހުންގެ އިސްވެރިންނާއި ބައްދަލުކޮށްފިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތުގެ ދަށުން ޓްރާންސިޝަން ކޮމިޓީން ދަނީ އެކި އިދާރާތަކާއި ބައްދަލުކުރަމުންނެވެ. އެގޮތުން ޓްރާންސިޝަން ޕީރިއެޑްގައި ކަންތައްތައް ކުރިއަށް ގެންދާނެ ގޮތާގުޅޭގޮތުން ޓްރާންސިޝަން ކޮމިޓީގެ ބޭފުޅުނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެމްބަރުން މިއަދު ވަނީ ބައްދަލުކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެެވެ.



ޓްރާންސިޝަން ކޮމިޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ފުލުހުންގެ ހިދުމަތުގައި ކުރިން އިސްކޮށް އުޅުއްވި ބޭފުޅުންނެވެ. އޭގެތެރޭގައި އެކްޓިންގ ކޮމިޝަނަރ ހަމްދޫން ރަޝީދު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދުއާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ޖަމްޝީދު ހިމެނެއެވެ.

މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން