ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާ އަދާކުރުމަށްފަހު ރާއްޖެ ދޫކޮށްދާ ބިދޭސީންނަށް ޕެންޝަން ސްކީމްގައި ހުންނަ ފައިސާ ނެގޭނެ ގޮތަށް ޤަވާއިދު އިސްލާހުކޮށްފިއެވެ.

މި އިސްލާހު ގެނެސްފައިވަނީ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ ޢިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދަށެވެ.

ޤަވާއިދަށް ގެނައި އިސްލާހުގައިވަނީ ޕެންޝަނުގެ އުމުރު ހަމަވުމުގެ ކުރިން ބިދޭސީ މުވައްޒަފުން ރާއްޖެ ދޫކޮށް ދާން ނިންމައިފިނަމަ، އެ މުވައްޒަފަކު ރާއްޖެ ދޫކޮށް ދާން ނިންމާ ހިސާބުން ފެށިގެން ފައިސާ ހޯދަން ހުށަހެޅިދާނެކަމަށެެވެ. މީގެ ކުރިން މި ގަވާއިދު އޮތްގޮތުން، ބިދޭސީ މުވައްޒަފުން ޕެންޝަން ފައިސާ ހޯދަން ހުށަހަޅަން ޖެހޭނީ ފުރައިގެން ދިއުމުގެ 3 މަސް ކުރިންނެވެ.

މި ގަވައިދުގައިވާގޮތުން ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރަންޖެހޭނީ ދިވެހި ރުފިޔާއިން، ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވާފައިވާ ދިވެހި ރުފިޔާގެ އެކައުންޓަކަށެވެ. އަދި އެ ބިދޭސީ މީހާ ނިޔާވެއްޖެނަމަ އެކައުންޓަށް ޖަމާވެފައި ހުރި ފައިސާ ހޯދުމަށް އެ މީހެއްގެ ވާރިސުންނަށް ހުށަހެޅޭނެ ކަމަށްވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

ޤަވާއިދުގައިވާގޮތުން ބިދޭސީ މުވައްޒަފުން ޕެންޝަނުގައި ބައިވެރިވުމަކީ އެ ވަޒީފާ ދީފައިވާ ފަރާތެއްގެ އަމިއްލަ އިހުތިޔާރުގައިވާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން