ޒަހީނުއްދީން ސަޢީދު   13 އޮކްޓޯބަރު 2023 - 0:11
މި އަހަރުގެ ޒުވާނުންގެ އެވޯޑް ކެންސަލްކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ޔޫތް މިނިސްޓްރީން ބުނީ މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މަހުގެ 22 ގައި ދިނުމަށް ހަމަޖެހިފައިވާ ޒުވާނުންގެ އެވޯޑަށް އެކަށިގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ އެވޯޑް ހަފުލާ ކެންސަލްކޮށްފައިވާ ކަމަށެވެ.

ޒުވާނުންގެ އެވޯޑަށް ކުރިމަތިލާން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ގައެވެ. އަދި އެ އެވޯޑަށް ކުރިމަތިލާން ދިން ސުންގަޑި މިދިޔަ މަހުގެ 26 އަށް ވަނީ ހަމަވެފައެވެ. ޔޫތް މިނިސްޓްރީން މި އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ 16 ދާއިރާއަކުންނެވެ.

ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން