ޤައުމެއް ތަރައްޤީވެ، ކުރިއެރުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާނީ ޒުވާން މަސައްކަތްތެރިންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. އިބްރާހިމް ހަސަން މިހެން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ދަސްވެނީންގެ ފަރާތުން ފައިދާ ކުރާނީ ހަމައެކަނި ދަސްވެނީންނާއި ދަސްވެނީންގެ އާއިލާއަށް އެކަނި ނޫން ކަމަށާއި އޭގެ ސަބަބުން މުޅި މުޖްތަމައަށާއި މުޅި ޤައުމަށް އޭގެ ސަބަބުން ފައިދާ ކުރާނެކަމަށެވެ. އަދި ޒުވާން މަސައްކަތްތެރިންނަކީ ޤައުމަށް ލިބޭ ވަރަށް މުހިންމު ރައުސުލްމާލެއްކަމަށާއި ޤައުމެއް ބިނާވެ ތަރައްޤީވެ އާބާދުވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާނީވެސް ހުނަރުވެރި ޒުވާން މަސައްކަތްތެރިންކަމަށެެެވެ.



"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ ދިރާސާތަކަށް ބަލާއިރު ޤައުމެއްގެ ނުވަތަ މުޖްތަމައެއްގެ ފަޤީރުކަން ނައްތާލުމަށްޓަލައި އެކަމާއި ދެކޮޅަށް އެންމެ ބޮޑު މަސައްކަތެއް ކުރަން އޮންނަ ހަތިޔާރަކީ ހުނަރުވެރި މަސައްކަތްތެރިން." ޑރ. ޙަސަން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ކޮންމެ ދަރިވަރަކީ ސާނަވީ ތަޢުލީމު ޙާޞިލުކުރުމަށްފަހު ޔުނިވަރސޓީން ޑިގްރީއެއް ހާސިލް ކުރަންޖެހޭ ދަރިވަރަކަށް ވާން ނުޖެހޭކަމަށެވެ. އަދި ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގައި މަސައްކަތްތެރިންގެ ބައިވެރިވުމާއި ދައުރު މުހިންމުކަމަށާއި، ޤައުމު ބިނާކުރުމަށް ޢިލްމާއި ހުނަރުހުރި މަސައްކަތްތެރިން ބޭނުންވާކަމަށްވެސް މިިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިޤައުމު ބިނާކުރުމަށް ބައިވަރު މަސައްކަތްތެރީން އެބަ ބޭނުންވޭ." ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތައް ފުރިހަމަކޮށް މި ޙަފްލާގައި 535 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އަދި އެ އިންސްޓިޓިއުޓްގައި މިވަގުތުވެސް 533 ދަރިވަރަކު އަންނަނީ ތަފާތު ކޯސްތައް ފުރިހަމަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން