ޒަހީނުއްދީން ސަޢީދު   13 އޮކްޓޯބަރު 2023 - 2:24
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ އިން ހުޅުވާލި ފަންޑަށް ތިން މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަލީ ވިދާޅުވީ ގާޒާ ފަންޑަށް ތިން މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެެވެ. އެފައިސާ އިން ފަލަސްތީނުގެ ރައްޔިތުންނަށް މިވަގުތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ހުޅުވި ގާޒާ ފަންޑަށް އެހީވާން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ އޭއައިސީގެ ބީއެމްއެލް އިސްލާމިކް އެކައުންޓު، 7770000062741 އަށެވެ. އެކައުންޓުގެ ނަމަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އެވެ.

ގާޒާ އަށް އެހީވުމަށް ރާއްޖޭގެ ހުރިހާ މީޑިއާތަކުން ގުޅިގެން ހާއްސަ ޓެލެތޯނެއް މާދަމާ ފެށުމަށް ވަނީ ނިންމާފައެވެ. އެ ޓެލެތޯން މި މަހުގެ 17 ގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން