ކުޅިވަރުން ބާކިވެފައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސައެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯއްދަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައިކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ ފުރަތަމަ ފަހަރަށް އޭޝިއަން ޕެރަލިމްޕިިކް ގޭމްސްގައި ބައިވެރިވާ ޓީމާއި ބައްދަލުކުރުމަަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

މަހްލޫފް ވިދާޅުވީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް އޭޝިއަން ޕެރަލިމްޕިިކް ގޭމްސްގައި ބައިވެރިވާ ޓީމާއި ބައްދަލުކޮށްލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި އޭޝިއަން ޕެރަލިމްޕިިކް ގޭމްސްގައި ބެޑްމިންޓަން އަދި އެތުލެޓިކްސްގައި ނުކުޅެދުންތެރިކަން ހުންނަ ހިތްވަރުގަދަ އެތުލީޓުން ދިވެހިރާއްޖެ ތަމްސީލުކުރާނެކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.



މަހްލޫފް ވިދާޅުވީ ފެރަލިމްޕިކް ކޮމިޓީ އަދި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އުފައްދާ ބާކީވެފައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސައެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބައިނަލްއަޤުވާމީ މުބާރާތްތަކުގައި އަދި ޤައުމީ ފެންވަރުގައި ކުޅިވަރު ކުޅެ އަދި ވާދަކުރެވޭނެ މަގު ފަހިކޮށްދެއްވީ މި ސަރުކާރުންކަމަށެވެ.

މަހްލޫފް ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަޤުވާމީ މުބާރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯދައިދެއްވުމަކީ ރައީސް ސާލިހު ކުޅިވަރަށް ގެނެސްދެއްވި އެންމެ ބޮޑު އެއް ބަދަލުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން