ފަލަސްތީނާއިއެކު ދިވެހިން ތިބިކަން އަންގައިދޭން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ބޭއްވި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިއަދު ހަވީރު މާލެއާއި ހުޅުމާލޭގައި އައިއޭސީން ވަނީ ތިން ހަރަކާތެއް ބާއްވާފައެވެ. އަހަރުމެން ފަލަސްތީނާއެކު މި ނަމުގައި މާލޭ ރަސްފަންނު ސަރަހައްދުގައި ހަވީރު 16:00 ޖަހާއިރު ސައިކަލު ބުރެއް ބޭއްވުނެވެ. އަދި 16:30 ގައި އާޓިފިޝަލް ބީޗްގައި ބޮޑު އެއްވުމެއް ބޭއްވިގެން ދިޔައެވެ. އެއާއިއެކު، ހުޅުމާލޭގައި ޑްރިފްޓް އެސޯސިއޭޝަނުން އިންތިޒާމުކުރި ކާރު ބުރަށްވެސް ޢާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

މި އެއްވުމުގައި ފަލަސްތީނަށް އެހީވުމަށް ފަންޑްރެއިޒްވެސް ކުރެވިފަވެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް:

ބީއެމްއެލް އިސްލާމިކް އެކައުންޓް ނަމްބަރު: 7770000062741

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | EMERGENCY

.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން