ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެންބޮޑުވެފައިވަނީ ހއ އާއި ހދ އަތޮޅުގެ ބައެއް ރަށްތަކުގައެވެ. އެގޮތުން 8 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ހއ. ދިއްދޫއާއި ހއ. ފިނޭއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާ ގުޅިގެން، ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވަމުން ދާކަމަށެވެ.



ފެންބޮޑުުވެގެން ރިޕޯޓްކޮށްފައިވާ އެހެން ބައެއް ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ކެލާ، މުރައިދޫ، ތަކަންދޫ، އުތީމު އަދި ތުރާކުނު ހިމެނެއެވެ. މާބޮޑު ގެއްލުންތަކެއް ނުލިބުނަސް ބައެއް ގޭގެއަށް ފެންވަދެ، ބައެއް ކުދިކުދި ގެއްލުންތައް ލިބިފައިވާކަމަށް ބައެއް ރަށްރަށުން ވަނީ ރިޕޯޓްކޮށްފައެވެ.

މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރަށް ވިއްސާރަކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން