އަހުމަދު މަސްނޫމް   14 އޮކްޓޯބަރު 2023 - 2:25
އަންނަ އަހަރަށް ލަފާކޮށް 50 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ބަޖެޓަކީ 50.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓްގެ ރިކަރަންޓް ޚަރަދަކީ 32.7 ބިލިއަން ރުފިޔާ ކަމަށް ބުނެފައިވެއެވެ. މީގެ ތެރެއިން ޕެންޝަނާއެކު މުވައްޒަފުންނަށް ހިނގާނެ ޚަރަދަކީ 13 ބިލިއަން ރުފިޔާއެވެ. އަދި ސަބްސިޑީތަކަށް 6.8 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ސިޔާސަތުތަކަށް ގެންނަން ހުށަހަޅާ ބަދަލުތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 9،811.6 މިލިއަން ރުފިޔާ ނުވަތަ 9.8 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 8.5 އިންސައްތަ ކަން ފާހަަގަކުރެވެއެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް އެ އަހަރު ހުންނާނެކަމަށް ލަފާކުރެވެނީ 4،556.3 މިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން