ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މާލޭގައި ހުންނަ މި ދިވެހި ބޭސް ކުލިނިކުގެ ތެރޭގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ތިން ދިވެހިންނެވެ. އެއީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނަކާއި، 41 އަހަރުގެ ފިރިހެނެކެވެ.

މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭގެތެރެއިން 35 އަހަރުގެ އަންހެން މީހާގެ ބަންދަށް ޖެހީ 10 ދުވަހެވެ. 45 އަހަރުގެ އަންހެން މީހާގެ ބަންދަށް 5 ދުވަސް އަދި 41 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ޖެހީ 10 ދުވަހެވެ.

މާލޭގައި އެކި ނަންނަމުގައި ހިންގާ ތަންތަނުގައި ހަށި ވިއްކުން އިތުރުވެފައި ވިޔަސް އެކަމުގައި މިހާތަނަށް މާބޮޑު ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ލޮލް

17-Oct-2023

މިކުލިނިކުގެ ނަންހާމަކުރެވިދާނެތޯ



ޓްރެންޑިން