ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމަށް ނިންމަވައިފި އެވެ.

ސީޕީ ހަމީދު އެކަން އިއުލާން ކުރެއްވީ ފުލުހުންގެ އިސްވެރިން ހިމެނޭ ސޯޝަލްމީޑިއާ ގުރޫޕަކަށް ފޮނުއްވި މެސެޖެއް ގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ރިޓަޔާ ކުރެއްވުމަށް ނިންމަވައި ފޮނުއްވި މެސެޖުގައި ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެެ. އެކަން ކުރައްވާނެ ތާރީހެއް ކަަމަށް ބެލެވެނީ ކުރިއަށް އޮތް ނޮވެމްބަރު 11 ވަނަަ ދުވަސް ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

ހަމީދުގެ މެސެޖުގައި ވިދާޅުވީ އޭނާއަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ އަދި ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށް ވާތީ އޭނާއާ މެދު ބައެއް ބޭފުޅުން ގޯސްކޮށް ދެކޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ސީޕީ ވިދާޅުވީ އޭނާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު މުއައްސަސާގެ ނަން އޮތީ ކިލަނބުވެފައި ކަމަށެވެެ. އެހެންވެ ފުލުހުންގެ ސަފުތައް އަލުން ބަދަހިކުރެއްވުމަށާއި މުއައްސަސާގެ ކުރިމަގަށްޓަކައި އޭނާ މަސައްކަތްކުރެއްވީ އަމިއްލަ ވިސްނުންތަކާއި ހިޔާލުތައް އެއްފަރާތްކޮށްގެން ކަމަށް ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންނާ މެދު ރައްޔިތުން ކުރާ އުއްމީދުތަކެއް އަދިވެސް ހުރުމާއެކު ފުލުހުން ކުރަންޖެހޭ އިތުރު ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އޭނާގެ ތަޖުރިބާތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިއްސާކުރައްވާނެ ކަމަށް ހަމީދުގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ. ހަމީދުގެ މެސެޖްގައި އޭނާގެ ލީޑަރޝިޕްގެ ދަށުން ފުލުހުންގެ މުވައްސަސާއަށް ގެނެސްދެވިފައިވާ ތަރަައްގީއާ ކުރިއެރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރަސްމީކޮށް ހަމީދު އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ މާޗް 26، ވަނަ ދުވަހުއެެވެ. ހަމީދަކީ ފުލުހުން އިންޓެލިޖެންސްގެ ވެރިއަކަށް ހުންނަވައި މައުލޫމާތު ލީކް ކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރި ބޭފުޅެކެެވެ. އޭނާ އަށް ފުލުހުންގެ ވަޒީފާ އަލުން ދިނީ އޭނާ ވަޒީފާ އިން ވަކިކުރަން ނިންމި ނިއްމުން ސްޕްރީމް ކޯޓުން ބާތިލްކޮށް އަލުން ވަޒީފާ ދޭން ކުރި ހުުކުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ހާއުފާ

17-Oct-2023

ތިޔަކަން ބަލައެއް ނުގަނެވޭނެ. އިންސާފު އަރައި ހަމަކުރަން ޖާގަދޭންވާނެ



ޓްރެންޑިން