މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު ފަހު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާފަންނުގެ ޝާރިއު ވަރުދީ މަގާއި، ޝާރިއު ވަރުދީ ހިނގުން، ކުއްޅަވަށް ގޯޅި، ހަވީރީ ހިނގުން، ފީރޯޒު މަގު، ގަނދަކޯޅިމަގު، ކުޅިދޮށު މަގު، ފުލޫނިޔާ މަގު، އިރާކު މަގު އަދި ކާނޭޝަން މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެގޮތުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރެވެނީ މެންދުރު 13:30 އިން 14:45 އަށް ކަމަށް ސްޓެލްކޯ އިން ބުނެެއެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މިއަދު ހެނދުނުވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ ކެނޑިފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން