ޑރ.މުޢިއްޒު މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއިއެކު---ފޮޓޯ: މާލެ ސިޓީ ކައުންސިލު
ޑރ.މުޢިއްޒު މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއިއެކު---ފޮޓޯ: މާލެ ސިޓީ ކައުންސިލު
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މުވައްޒިފުންނާއި ބައްދަލު ކުރައްވާނީ މިރޭ 20:30ގައި ދަރުބާރުގޭގައެވެ.

ޑރ. މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވުމަށްފަހު މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމުގެ ޒިންމާތައް ވަނީ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝްއާއި ހަވާލުކުރައްވާފައެވެ. އަދި ރައީސްކަމަށް ހުވާކުރުމުގެ ކުރިން ކުރައްވަންޖެހޭ މުހިންމު މަސައްކަތްތަކަށް ވަގުތު ހުސްކުރެއްވުމަށް އެމަނިކުފާނު ނިންމަވާފައި ވެއެވެ.

އެންމެ ފަހުން މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ޑރ. މުޢިއްޒު ވަނީ ނޮވެމްބަރ 17ގައި ރައީސްކަމަށް ހުވާކުރައްވަންދެން މޭޔަރުގެ މަޤާމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް، އެމަނިކުފާނު ވަނީ މޭޔަރުގެ މަސްއޫލިއްޔަތުތައް ނަރީޝްއާއި ހަވާލުކުރައްވާފައެވެ.

އަދި ހަމައެއާއިއެކު، ސިޓީ ކައުންސިލުގެ މުވައްޒަފުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމަށް ޑރ.މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން