ޅ. ނައިފަރު ދޯނި އެހެލާ ސަރަހައްދުގައި އެހެލާފައި އޮތް ޑިންގީއެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެއްޖެއެވެ.

ނައިފަރު ފަޔަރ ސްޓޭޝަނަށް މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 04:44 ހާއިރުއެވެ.



ނައިފަރު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ހަރަކާތްތެރިވެފައެވެ. މިގޮތުން ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އެ ޑިންގީގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ ފަތިހު 05:00 ހާއިރެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެހެލާފައި އޮތް އެ ޑިންގީ ވަނީ އެއްކޮށް އަނދާފައިކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން