ފަލަސްތީނުގެ ގާޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓް ޖަމާއަތުން ފަންޑެއް ހުޅުވައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ރާއްޖޭގައި މިއަދު ފަންޑެއް ހުޅުވައިފައިވަނީ ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތަށް އެހީތެރިވުމުގެ ގޮތުންނެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން އިއްޔެ ވަނީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމަށް އެދިފައެވެ.



މިިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާއި ހަމާސް ޖަމާއަތާއި ދެމެދު ބަދަލުކުރަންފެށި ހަމަލާ ތަކުގައި ފަލަސްތީނުގެ ވެރިރަށް ގާޒާގެ ހޮސްޕިޓަލްތަކާއި ގެދޮރަށް ވަނީ އިއާދަނުކުރޭ މިންވަރަށް ގެއްލުންވެފައެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތަކުގައި އެތައް ހާސް މީހުން ޝަހީދުވެގެންދިޔުމުގެ އިތުރަށް އެތައް ހާސް ބަޔަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ.

މިހާރު ގާޒާގައި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވުމާއި ގާތްވެ، ހޮސްޕިޓަލްގެ އެނދުތައް ފުރިފައިވާ ކަމަށް އެޤައުމުގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދެއެވެ.

ދިވެހި ރެޑް ކްރެސެންޓުން ހުޅުވި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 28އާއި ހަމައަށެވެ. ރެޑް ކްރެސެންޓުން ނެރުނު ބަޔާނުގައި ބުނީ ފަންޑަށް ލިބޭ ފައިސާގެ އެހީގައި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، އުޅަނދުތަކަށް ބޭނުންވާ ތެލާއި ކާބޯތަކެއްޗާއި، ސާފު ބޯފެން ފަދަ ޒަރޫރީ ބޭނުންތައް ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

އެހީގެ ފައިސާ ޖަމާކުރާނެ އެކައުންޓުތައް:

ބީއެމްއެލް ރުފިޔާ އެކައުންޓް: 7701176022001

ބީއެމްއެލް ޑޮލަރު އެކައުންޓް: 7701176022002

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ރުފިޔާ އެކައުންޓް: 99010155500036100

އެމްއައިބީ ޑޮލަރު އެކައުންޓް: 99010155500036200


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން