މަހަށް ނިކުތް އުމުރުން 65 އަހަރުން މަތީގެ ދިވެހި ފިރިހެނެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

ޔޫސުފް ނައީމް ނަމަކަށް ކިޔާ މި މީހާ ގެއްލިފައިވަނީ އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މަހަށް ނިކުމެ އުޅެނިކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައި ވެއެވެ. އޭނާ އަކީ އާދަައިގެ މަތިން އެކަނި މަހަށް ގޮސް އުޅޭ މީހެއް ކަމުގައި ދަނގެތި ކައުންސިލުގެ ރައީސް "ރަސް އޮންލައިން" އާއި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

އަދި އޭނާ ގެއްލުނުކަން ހެނދުނުގެ ވަގުތެއްގައި ރަށުގެ ރައްޔިތުންނަށް އެނގުނީ އޭނާ ދަތުރުކުރި ދޯނި ފެނުނުއިރުގައި އޭނާ އެ ދޯނީގައި ނެތް ކަމަށް ފާހަގަވެގެންނެވެ. މިހާރު ރަށުގެ ޑައިވަރުންނާއި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އަދިވެސް އޭނާ ނުފެންނަ ކަމަށް ދަނގެތި ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:42 ހާއިރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން