ޗައިނާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު  ވިދާޅުވެއްޖެއެވެ.

އަލް-ޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެެއްގައި ޗައިނާއާއެކު ގުޅުން ވަރުގަދަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ޗައިނާއަކީ ވަރަށް ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާ ގައުމެއް ކަމަށް މުޢިއްޒު ވިދާޅުވި އެވެ. މި އިންޓަވިއުގައި ޗައިނާގެ ތަރައްގީން ދިވެހީންނަށް ގިނަ ފައިދާތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި މުޢިއްޒު ވަނީ ޗައިނާ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޗައިނާގެ އިތުރުން އެހެން ހުރިހާ ގައުމަކާ ވެސް ބާއްވަން ބޭނުން ވަނީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ފައިދާ ވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ޗައިނާ ފަދަ ގައުމުތަކުންް ރާއްޖެއާ މެދު ގެންގުޅޭ ސިޔާސަތަކީ އެހެން ގައުމުތަކުން ގެންގުޅޭ ސިޔާސަތަށް ބުރޫ އަރާން ޖެހޭ ސަބަބެއް ނޫން ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ތަރައްގީގެ ކޮންމެ ބައިވެރިއަކާ އެކު ބާއްވާނީ ގާތް ވަރުގަދަ ގުޅުމެއް ކަމަށް މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި މުޢިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން