އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ އުދުވާނީ ހަމަލާތަކާ ގުޅިގެން ޝަހީދުވި މީހުންގެ އަދަދު 2000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 2،215 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން 8،714 މީހުން ޒަހަމްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހަނގުރާމައިގައި ޝަހީދުވި މީހުންގެ ތެރޭގައި 724 ކުޑަކުދިން ހިމެނޭ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން