ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ
މިއަހަރުގެ ބައިނަލްއަޤްވާމީ ކަނޑުދަތުރު ފަތުރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ބޭއްވި ހަރަކާތްތައް ނިންމާލާފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްފޯޓާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު ގުޅިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ނިންމާލާފައިވަނީ ނޯތު ހާބަރ ފަޅުތެރެ ސާފުކުރުމުގެ ޕްރޮގްރާމުންނެވެ. ޕްރޮގްރާމްގެ ހަރަކާތްތައް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެގޮތުން، މި ޕްރޮގްރާމްގެ އެންމެ ފަހު ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުއެވެ.

ބައިނަލްއަޤްވާމީ ކަނޑުފަތުރު ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "މާޕޯލް އެޓް 50–އަވަރ ކޮމިޓްމެންޓް ގޯޒް އޮން"އެވެ. މާޕޯލްއަކީ ކަނޑުދަތުރު ފަތުރު ކުރާ އުޅަނދުން އުފެދޭ ކުނިން އަދި އުޅަނދުފަހަރުން ބޭރުވާ ދުމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތަކުން ސަލާމަތްކުރުމަށްޓަކައި ކަނޑައަޅާފައިވާ މުއާހަދާއެކެވެ. 1973 ވަނަ އަހަރު ވުޖޫދުވި މާޕޯލްއަށް މިއަހަރު ވަނީ 50 އަހަރު ފުރިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާޕޯލް މުއާހަދާގެ ތެރެއިން އުޅަނދުފަހަރުގައި ހުންނަ ނަރުދަމާގެ ނިޒާމުން ކުނި ފިލްޓާ ނުކޮށް ބަނދަރުތަކަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށެވެ. އެހެންކަމުން، މިއަދު ނިންމާލި ޕްރޮގްރާމަކީ މައިގަނޑު ގޮތެއްގައި މާޕޯލް މުއާހަދާއަށް މީހުން އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދެވުނު ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން