ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ދެވަނަ ދައުރެއް ނުލިބުނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުންކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއް ޓީވީ ނެޓްވޯކްކަމަށްވާ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އަމިއްލަ ގެކޮޅު، ދިމްޔާތުގައި އަލްޖަޒީރާއާ ވާހަކަދައްކަވަމުން ޑރ. މުއިއްްޒު ވިދާޅުވީ އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ ތިބުމަށް ދިވެހިން ނޭދޭކަމަށާއި ރައީސް ސާލިހުގެ ސަރުކާރަށް ދެވަނަ ދައުރެއް ދިނުމަށް، ރައްޔިތުން ބޭނުން ނުވި އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީކަމަށެވެ. އެހެންކަމުން ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ފުރަތަމަވެސް އިންޑިއާ ސަރުކާރުގައި އެދޭނީ ސިފައިން އަނބުރާ ގެންދަންކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ހަފްތާއެއްހާ ދުވަސްތެރޭގައި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ މައްސަލަ ހައްލުކުރައްވާނެކަމަށެވެ. އަދި އެ މައްސަލައަށް ހައްލު ހޯދައިދިނުމުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން، އިންޑިޔާ ހައި ސަފީރު

ދެއްވާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭ ނަމަ، އަޅުގަނޑުމެންނަށް މިނިވަންކަމާއި، އިސްތިޤުލާލު ގެއްލިދާނެކަމުގެ އިޙްސާސް ކުރެވޭ." އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޗައިނާ ސިފައިން ރާއްޖޭގައި ތިބެން ރުހޭނެތޯ އެހުމުން މުއިއްޒު ވިދާޅުވީ އެއްވެސް ޤައުމެއްގެ އަސްކަރިއްޔާއިން ރާއްޖޭގައި ޤާއިމްވެ ތިބުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމަށެވެ. އަދި ޗައިނައަކީ ޤައުމުތަކުގެ ސިޔާދަތަށް އުނިކަން އަންނަގޮތަށް އަމަލުކުރާނެ ޤައުމެއް ނޫންކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޢަދުނާނު

17-Oct-2023

2018 "ޕީޕީއެމް" އަށް ނުލިބުނީ އެއްވެސްކަމެއްގެ ސިފައިން ރާއްޖޭގައިތިބެގެންބާވައޭ ސުވާލުކޮށްލަބަލަ އަމިއްލައަށް؟



ޓްރެންޑިން